Last Updated: February 22, 11:50
Thursday, February 22, 2024
ޚަބަރު

ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ޖާބިރަށް

އިއްޔެ ބޭއްވި އެމްޑީޕީ ޕްރައިމަރީގައި ކާށިދޫ ދާއިރާ އަށް ވާދަކުރައްވައި އެ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ޖާބިރު ޓިކެޓް ހޯއްދަވައިފި އެވެ.

ޕްރައިމަރީގައި ޖާބިރާ ވާދަކުރެއްވީ ޅ. ހިންނަވަރު، ނޫވިލް އަބްދުﷲ ރިފްއަތެވެ. ދެކޮޅަށެވެ. ޖާބިރަށް 252 ވޯޓު ލިބިވަޑައިގެންނެވި އިރު، ރިފްއަތަށް ލިބިވަޑައިގަތީ 150 ވޯޓެވެ. ޖާބިރަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ވެެސް ކާށިދޫންނެވެ. އެ ރަށުން އޭނާ އަށް 159 ވޯޓު ލިބިވަޑައިގަތް އިރު، އެ ދާއިރާގައި ހިމެނޭ ގާފަރުން 56 ވޯޓު ލިބިވަޑައިގެންނެވި އެވެ. އަދި މާލޭގައި ބަހެއްޓި ކާށިދޫ ދާއިރާގެ ފޮށިން 37 ވޯޓު ލިބިވަޑައިގަތެވެ.

ނަވާރަ ވަނަ މަޖިލީހަށް ކެމްޕޭން ކުރެއްވި އިރު، ޖާބިރަކީ ކާށިދު އާއި މާލެއާ ދެމެދު ކޭބަލް ކާރު އަޅުއްވައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގަތް މެންބަރެކެވެ. އެކަމަކު އެކަންވެފައި އޮތީ "ޖޯކް" އަކަށެވެ. ޖާބިރަކީ އޭނަގެ ބަހާއި އަމަލު ހުންނަ ގޮތުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މެންބަރެކެވެ.

ޖާބިރަކީ ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދުގެ ކުރީގެ ފިރިކަލުންނެވެ.

ޖާބިރު ޕްރައިމަރީ ކާމިޔާބު ކުރައްވައި އިތުރު ދައުރަކަށް މަޖިލީހަށް ވަޑައިގަންނަވަން މަގު ސާފުކުރެއްވި އިރު، އެމްޑީޕީގެ ޓިކެޓު އެމްޑީޕީ ޕްރައިމަރީގައި މަހިބަދޫ ދާއިރާގެ ޓިކެޓު، ޖާބިރުގެ ދަރިކަލުން އަހުމަދު މުއާޒް އަބްދުﷲ ޖާބިރް ވަނީ ހޯއްދަވައިފަ އެވެ.