Last Updated: July 27, 09:53
Saturday, July 27, 2024
ޚަބަރު

ރާއްޖޭގެ އިމާމުންގެ ޓީމެއް މި މަހު ސައުދީ އަށް

ރާއްޖޭގެ އިމާމުންނާއި ޙަތީބުންގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން އެ ބޭފުޅުން ރާއްޖެ އިން ބޭރުން ތަމްރީނު ލިބިގަތުމަށް ކުރާ ފުރަތަމަ ދަތުރު އިމާމުންނާއި ޙަތީބުން ތައުލީމީ ދަތުރެއްގައި މި މަހު ސައުދީ އަރަބިއްޔާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ މި ދަތުރުގައި އިމާމުންނާއި ހަބީތުން ހިމެނޭހެން 20 ބޭފުޅަކު ހިމެނިވަޑައިިގަންނަވާނެ ކަމަށެވެ.

"މިއީ އެއީ ހަފުތާގެ މުއްދަތަށް ކުރާ ތައުލީމީ ތަމްރީނު ދަތުރެއް." މިނިސްޓަރު ވިދާޅުވި އެވެ.

މި ދަތުރު ބާއްވަން ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 8-16 އަށެވެ. މީގައި ރަޖިސްޓްރީވާން މިހާރު އޮތީ މި ލިންކް މެދުވެރިކޮށް https://docs.google.com/forms/d/e/1FAIpQLSdThm6BgcQKV2p_oNWzX2JOPUqTjnLqrkaRP-Zgu0DruF3QiQ/viewform?embedded=true&pli=1 އިމާމުންނާއި ޚަތީބުންނަށް ހުޅުވާލައިފަ އެވެ.

ޝަހީމު ވިދާޅުވި ގޮތުގައި އިމާމުންނާއި ޚަތީބުންނަށް ކުރިއަށް ގެންދާ ތައުލީމީ ތަމްރީނު ދަތުރުތަކުގައި މި އަހަރު އިންޑޮނީޝިއާ އާއި ބުރުނާއީ އާއި މެލޭޝިއާ އަދި މިސްރު ފަދަ ގައުމުތަކަށް ވެސް އިމާމުން ވަޑައިގަންނަވާނެ ކަމަށެވެ.

މި ސަރުކާރުން އިމާމުންނަށް ފަހިކޮށްދޭން ނިންމާފައިވާ ފުރުސަތުތަކުގެ ތެރޭގައި މާސްޓާސް އާއި ޕީއެޗްޑީ އަށް ކިޔެވުމުގެ ފުރުސަތާއި އަރަބި ބަސް ދަސްކުރުން ފަދަ ކަންކަން ހިމެނެ އެވެ.