Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

ފޭދޫ ބޮޑު މިސްކިތަށް ސައުންޑެއް ހޯދަން ފަންޑެއް

އަައްޑޫ ފޭދޫފެ މައި މިސްކިތް ކަމަށްވާ، މަސްޖިދުލް އަމާން އަށް ސައުންޑް ސިސްޓަމެއް ހޯދަން ފައިސާ އެއްކުރަން ފަންޑެއް ހުޅުވައިފި އެވެ.

މި ފަންޑަށް ޖުމްލަ ބޭނުން ވަނީ 210،676.16ރ. އެވެ. އެހެންވެ މިއަދަދު ހަމަކުރަން ފަންޑް ހޯދުމުގެ މަސައްކަތަށް އިސް ނަގާފައި މި ވަނީ ފޭދޫގެ ޖަމިއްޔާއެއް ކަމަށްވާ މިޝްކަތު ފައުންޑޭޝަނުންނެވެ. އެ ވަނީ ޖަމާއަތުން ފައިސާ ހަމަކުރުމަށްޓަކައި ވީހާ ވެސް ގިނަ ބަޔަކު ފައިސާ ހަދިޔާކުރަން އެދިފަ އެވެ.

ފައިސާ ފޮނުވަން ޖެހޭ އެކައުންޓަކީ 7770000075525، އެކައުންޓް ނަން: MISHKAT FOUNDATION އެވެ.

މިޝްކަތު ފައުންޑޭޝަނުން ބުނި ގޮތުގައި މަސްޖިދުލް އަމާން އަށް މި ވަގުތު އެންމެ މުހިއްމުވެފައި އޮތް ކަމަކީ ވެސް ރަނގަޅު ސައުންޑް ސިސްޓެއް ހޯދުމެވެ.