Last Updated: July 27, 19:05
Saturday, July 27, 2024
ދުނިޔެ

ރަސްގެފާނު ޗާލްސް އަށް ކެންސަރު ޖެހިއްޖެ

އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިންވަނަ އަށް ކެންސަރު ޖެހިފައިވާކަން އިއުލާން ކުރައްވައިފި އެވެ.

ބަކިންހަމް ޕެލެސް އިން ބުނީ ރަސްގެފާނު ޗާލްސް އަށް ކެންސަރު ޖެހިފައިވާކަން އެނގުނީ ދާދިފަހުން ޕްރޮސްޓޭޓުގެ ފަރުވާއަކަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށް ހެދި ޓެސްޓުތަކަކުންނެވެ. ނަމަވެސް ރަސްގެފާނު ޗާލްސް އަށް ޖެހިފައިވަނީ ކެންސަރުގެ ކޮން ވައްތަރެއް ކަމެއް ޝާހީ އާއިލާ އިން ހާމަކޮށްފައެއް ނުވެ އެވެ.

ކެންސަރަށް ފަރުވާ ހޯއްދަވަން ރަސްގެފާނު ޗާލްސް މިހާރު ފަށާފައިވާ ކަމަށާއި މިކަމާ ގުޅިގެން ރަސްގެފާނުގެ ރަސްމީ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ބައެއް ބައްދަލުވުންތައް ކެންސަލް ކުރައްވާފައިވާ ކަމަށްވެސް ޝާހީ އާއިލާ އިން ބުނެ އެވެ.

ޗާލްސް ،75، އިނގިރޭސިވިލާތުގެ ރަސްކަމާ ހަވާލުވެވަޑައިގެންނެވީ 2022 ގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ މަންމާފުޅު ރާނީ އެލިޒަބަތު ދޭއް އެ މަހުގެ 8 ގައި އަވަހާރަވުމާ ގުޅިގެންނެވެ.