Last Updated: July 27, 10:50
Saturday, July 27, 2024
ދުނިޔެ

ބައްޕާފުޅުގެ އަރިހަށް ހެރީ ވަޑައިގަންނަވަނީ

ބައްޕާފުޅާ އެކީ ޕްރިންސް ހެރީ.

ކެންސަރަށް މިހާރު ފަރުވާ ހޯއްދަމުން ގެންދަވާ އިނގިރޭސި ރަސްގެފާނު ޗާލްސްއާ ބައްދަލު ކުރައްވަން ދަރިކަލުން ޕްރިންސް ހެރީ އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަނބިކަނބަލުން މޭގަން މާކަލް އާއި ދެ ބޭފުޅުންނާ އެކީ ހެރީ ދިރިއުޅުއްވަމުން ގެންދަވަނީ އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ. ޝާހީ ޒިންމާތައް ދޫކޮށްލައްވައި ހެރީ އެމެރިކާ އަށް ބަދަލުވެވަޑައިގެންނެވީ 2020 ގެ ކުރީކޮޅު އެވެ. އޭގެ ފަހުން ޝާހީ އާއިލާއާ ޕްރިންސް ހެރީއާ މާ ބޮޑު ގުޅުމެއް ނޯވެ އެވެ. އަދި އޭނައާ އެއްބަނޑު އެއްބަފާ ބޭބޭފުޅު ޕްރިންސް ވިލިއަމް ވެސް ހެރީއާ މާ ބޮޑު ގުޅުމެއް ނުބާއްވަ އެވެ.

ހެރީ އެންމެ ފަހުން އިނގިރޭސިވިލާތަށް ވަައިގެންނެވީ މިދިޔަ އަހަރުގެ މެއި މަހުގަ އެވެ.

ހެރީގެ ތަރުޖަމާނު މީޑިއާތަކަށް ވިދާޅުވީ ބައްޕާފުޅަށް ކެންސަރު ޖެހިވަޑައިގަތް ޚަބަރު ލިބިވަޑައިގަތުމާ އެކީ ހެރީ ފޯނުން ގުޅުއްވައި ހާލު ބައްލައި ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި އަވަހަށް ހެރީ އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ވަޑައިގަންނަވާނީ ގިނަކަންޏާ އެވެ.

ޕްރިންސް ހެރީ އާއި ވިލިއަމަކީ ޗާލްސް އާއި އަވަހާރަވެފައިވާ ޕްރިންސެސް ޑަޔާނާ އަށް ލިބިވަޑައިގަތް ހަމައެކަނި ދެ ބޭފުޅުންނެވެ.