Last Updated: April 29, 06:03
Monday, April 29, 2024
ޚަބަރު

ބ. އަތޮޅުގެ 4 ފިނޮޅެއް ކުއްޔަށް ދެނީ

Maldives

ބ. އަތޮޅުގައި ހަތަރު ފިނޮޅެއް ކުއްޔަށް ދޭން އެ އަތޮޅުގެ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލްގެ މާލީ ހާލަތު ރަނގަޅުކުރަން ނިންމި ނިންމުމާ އެކީ އެ ތަންތަން ކުއްޔަށް ދޭން ނިންމާފައި ވަނީ 10 އަހަރުގެ މުއްދަތަކަށެވެ. ކުއްޔަށް ދޭން ނިންމި ފިނޮޅުތަކަކީ ނުރައުފުރިފަރު ފިނޮޅާއި ވިލިނގިލިފަރު ފިނޮޅާއި ލަނޑާ ގިރާވަރު ރިސޯޓްގެ އިރުމައްޗާއި ހުޅަނގުން އޮންނަ ފިނޮޅެވެ.

މި ހަތަރު ފިނޮޅުގެ ތެރެއިން ތިން ފިނޮޅު ކުރިން ރިސޯޓްތަކުން ނަގާފައިވެ އެވެ. ނަގާފައި ވަނީ ރިސޯޓްތަކުންނެވެ. އަނެއް ފިނޮޅު ނެގީ އަމިއްލަ ފަރާތަކުންނެވެ. ކައުންސިލުން ބުނެފައި ވަނީ ހަތަރު ފިނޮޅު ކުއްޔަށް ދީގެން މީގެ ކުރިން އަހަރަކު 2.4 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ކަމަށެވެ.

ކައުންސިލުން ބުނީ މިފިނޮޅުތައް ކުއްޔަށް ދޭން ނިންމީ ސީއެސްއާރު މަޝްރޫއަކާ ވެސް އެކީގަ އެވެ. އެގޮތުން ފިނޮޅުތައް ހޯދަން ހުށައަޅާއިރު، ސީއެސްއާރުގެ ގޮތުގައި މަދުވެގެން 500،000ރ. ހިމަނަން ޖެހޭނެ ކަމަށާއި، އެ ފައިސާ ދެ އަހަރު ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށް ބުންޏެވެ.

ގުދުރަތީ މުއްސަނދިކަން ވަރަށް ބޮޑަށް ލިބިފައިވާ ބ. އަތޮޅަކީ ރާއްޖޭގެ ފުރަތަމަ ބަޔޮސްފިއާ ރިޒާވް ވެސް މެ އެވެ.