Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

ސްޓެލްކޯ ޚިދުމަތްދޭ މިސްކިތްތަކުގައި ސޯލާ

އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ސްޓެލްކޯ އެމްޑީ ފަހުމީއާއި ބައްދަލު ކުރެއްވުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސްޓެލްކޯ ޚިދުމަތްދޭ ސަރަހައްދުތަކުގައި ހުރި މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް އިސްލާމިކް މިނިސްޓްރީއާއި ސްޓެލްކޯއިން މަޝްވަރާ ކޮށްފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ވަނީ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ސްޓެލްކޯގެ އިސްވެރިންނާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.


މިއަދު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި، ސްޓެލްކޯ ޚިދުމަތްދޭ ސަރަހައްދުތަކުގައި ހުރި މިސްކިތްތަކާއި ދީނީ އެކި މުޢައްސަސާތަކުގައި ސޯލާ ޕެނަލް ހަރުކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ސްޓެލްކޯ ޚިދުމަތްދޭ ދައިރާގެ ތެރެއިން އިސްލާމިކް މިނިސްޓްރީއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމަށް ވަނީ މަޝްވަރާ ކުރެވިފައެވެ.

ސްޓެލްކޯއާއި އެކު މިސްކިތްތަކުގައި ސޯލާ ހަރުކުރުމަށް މަޝްވަރާ ކުރެވުނުއިރު، އަލަށް ހަދާ މިސްކިތްތަކުގައި ސޯލާ ހަރުކުރުމަކީ އަސާސީ ކަމަކަށް ހެދުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ސްޓެލްކޯއާއި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ބައްދަލު ކުރައްވާފައިވާއިރު، މާލެ ސަރަހައްދުގެ އިތުރުން ސްޓެލްކޯއިން ރާއްޖޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށް މިހާރުވެސް ޚިދުމަތް ކަރަންޓު ޚިދުމަތް ފޯރުކޮށްދެއެވެ.