Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު

ބިދޭސީން މެޑިކަލް ހެދުމާ ގުޅޭ އާ އުސޫލެއް

ރާއްޖެ އަންނަ ބިދޭސީ މަސައްކަތްތެރިންގެ މެޑިކަލް ހެދުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް އާ އުސޫލެއް މިއަދު ތައާރަފުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އުސޫލު ތައާރަފުކޮށްދެއްވީ ހޯމްލޭންށް މިނިސްޓަރު އަލީ އިހްސާނެވެ.

އާ އުސޫލާ އުޅޭ ގޮތުން ހެލްތު މނިސްޓްރީން ބުނީ މި އުސޫލުގެ މަގުސަދަކީ ރާއްޖޭގައި ގައިން ގަޔަށް އަރާ އެކިއެކި ބަލިތައް ކޮންޓްރޯލް ކުރުމަށާއި ފެތުރުނަ ނުދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، ޓޫރިސްޓުން ފިޔަވައި ރާއްޖޭގައި ދިގު މުއްތަކަށް އުޅޭ ހުރިހާ ބިދޭސީންނަކީ ސިއްހަތު ރަނގަޅު، ދުޅަހެޔޮ އަދި އުފެއްދުންތެރި ބައެއްކަން ކަށަވަރުކުރުން ކަމަށެވެ.

ބިދޭސީންގެ މެޑިކަލް ހައްދާ އުސޫލަށް ގެނެވުނު ބަދަލާއެކީ ވޯކް ވިސާގެ އިތުރުން ޑިޕެންޑެންޓް ވިސާ، ރެސިޑެންޓް ވިސާ، ސްޓޫޑެންޓް ވިސާ، ކޯޕަރޭޓް ރެސިޑެންޓް ވިސާ އަދި މެރިޖް ވިސާ ހަދާ ފުރަތަމަ ފަހަރު ހެލްތް މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަކަށް މެޑިކަލް ހަދަން ޖެހޭނެ އެވެ. އަދި މެޑިކަލްގައި ބަލާ ބަލިތަކަށް އެންޑެމިކް ގައުމުތަކުން ބިޒްނަސް ވިސާގައި އައިސް ތިބޭ މިހުން ވިސާގެ މުއްދަތު އިތުރުކުރާ އިރު ވެސް މެޑިކަލް ހައްދަން ޖެހޭނެ އެވެ.

ހެލްތު މިނިސްޓަރީން ބުނީ ފާހަގަކޮށްފައިވާ ވިސާގައި އެތެރެވެފައި ތިބި މީހުން ވެސް އަހަރަކު އެއް ފަހަރު މެޑިކަލް ޗެކަޕް ހައްދަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން، ކުރިން މެޑިކަލްގައި ބަލާ ބަލިތަކުގެ އިތުރަށް، ފައިލޭރިއާ އެންޑެމިކް ގައުމުތަކުގެ މީހުން ފައިލޭރިއާއަށް ޓެސްޓްކުރުން ވެސް އުސޫލަށް އިތުރުކޮށްފައިވެ އެވެ. އަދި ބައްޔަށް ޕޮޒިޓިވްވެއްޖެ ނަމަ، މެޑިކަލް ދޫކުރާނީ ފައިލޭރިއާ އަށް ބޭސް ކެއުމުންނެވެ.

ބިދޭސީންގެ މެޑިކަލް އުސޫލަށް ބަދަލު ގެނެސްފައު ވަނީ ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ކޭސްތަކެއް މި ފަހުން ބިދޭސީންގެ ފަރާތުން ފެނުމާ ގުޅިގެންނެވެ.