Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

އެތުލެޓިކްސް މީޓަށް ސްކޫލްތައް އައްޑު އަށް

އަންނަ ހަފުތާގައި އައްޑޫގައި ފަށަން ހަމަޖެހިފައިވާ މި އަހަރުގެ އިންޓަ-ސްކޫލް އެތުލެޓިކް މީޓްގައި ބައިވެރިވާ ސްކޫލްތަކުގެ ޓީމްތައް އައްޑު އަށް އަންނަން ފަށައި އެވެ.

މިއަދު ހެނދުނުން ފެށިގެން އެކި ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ ސްކޫލްތަކުގެ ޓީމްތައް އައިސްފައިވެ އެވެ. މި މަހުގެ 11-16 އަށް ބާއްވާ މުބާރާތުގައި 31 ސްކޫލަކުން ބައިވެރިވެ އެވެ.

އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވާ އިންޓަ-ސްކޫލް އެތުލެޓިކްސް މީޓަށް އައްޑޫ މިހާރު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. މި މުބާރާތް ކުރިއަށް ދާނީ ހިތަދޫގައި އޮންނަ އައްޑޫ ސްޓޭޑިއަމްގަ އެވެ. މީގެ ކުރިން ވެސް އައްޑޫގައި މި މުބާރާތް ބާއްވާފައިވެ އެވެ.

މިދިޔަ އަހަރު އިންޓަ-ސްކޫލް އެތުލެޓިކްސް މުބާރާތް ބޭއްވީ އައްޑުއާ އަވައްޓެރި ފުވައްމުލަކުގަ އެވެ. ޖުމްލަ 33 ސްކޫލަކުން ވާދަކުރި އެ މުބާރާތުގައި 809 އެތުލީޓުން ވާދަކުރި އެވެ. އަދި ޖުމްލަ 108 އިވެންޓެއް އެ މުބާރާތުގައި ކުރިއަށް ގެންދިޔަ އެވެ.

މިދިޔަ އަހަރު އެންމެ ކާމިޔާބު ސްކޫލަކީ ފުވައްމުލަކު މުޙައްމަދު ޖަމާލުއްދީން ސްކޫލެވެ.