Last Updated: July 27, 06:11
Saturday, July 27, 2024
ޚަބަރު

ޕޯޓް ކޮމްޕްލެކްސް ތަޅާލައި، 25 ބުރީގެ އިމާރާތެއް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޕޯޓް ކޮމްޕްލެކްސް ބިލްޑިން ތަޅާލައި އެ ބިމުގައި 25 ބުރީގެ އިމާރާތެއް އަޅަން ނިންމައިިފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ އެމްޕީއެލުން ހޯދާ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކެއް ހޯދަން ފަށާފައިވާ މަސައްކަތްތަކުގައި އާ ކަންކަން ރާވާފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ ވަރަށް ބޮޑަށް ބާވެފައި ޕޯޓް ބިންޑިން އަށް އިމާރާތެއް ހެދުން ކަމަށެވެ.

އޭނަ ވިދާޅުވި ގޮތުގައި އެ މަސައްކަތް މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ބަޔަކާ ހަވާލު ކުރާނެ އެވެ.

ވަޖީހު ވިދާޅުވި ގޮތުގައި ޕޯޓް ކޮމްޕްލެކްސްގެ 25 ބުރީގެ އާ އިމާރާތަކީ ވަރަށް ފުރިހަމަ ޑިޒައިނަކަށް ހަދާނެ ތަނަކަށެވެ. އެ ތަނުގައި އޮފީސްތަކަށް ހާއްސަ ޖާގަތަކާއި ޕާކިންގެ ހިދުމަތާއި ޝޮޕިން ވަސީލަތްތައް ވެސް ހުންނާނެ އެވެ.

ވަޖީހު ވިދާޅުވި ގޮތުގައި ޕޯޓް ކޮމްޕްލެކްސް ވާނީ ރާއްޖޭގެ ވަރަށް ފުރިހަމަ އިމާރާތަކަށް ވާނެ ކަމަށެވެ.

މިހާރުގެ ޕޯޓް ކޮމްޕްލެކްސްގައި ހިންގާ އޮފީސްތަކުގެ ތެރޭގައި އިލެކްޝަން ކޮމިޝަން ހިމެނެ އެވެ.