Last Updated: July 27, 11:14
Saturday, July 27, 2024
ކުޅިވަރު

ފޭދޫ ބަލިކޮށް ޗެމްޕިއަންކަން ހިތަދު އަށް

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ އަތޮޅު ޗެމްޕިއަންކަން ހިތަދޫ އިން ހޯދައިފި އެވެ.

މުބާރާތުގެ ކ.އަތޮޅުގެ ޗެމްޕިއަންކަން ހިތަދޫ އިން ހޯދީ މިރޭ ކުޅުނު ފައިނަލްގައި ޕެނަލްޓީގައި އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ފޭދޫ 4-3 އިން ބަލިކުރުމަށްފަހު އެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވެސް އޮތީ 3-3 އިން އެއްވަރުވެފަ އެވެ.

މި މެޗުގައި ހިތަދޫ ޓީމުން ޖެހި ތިން ގޯލު ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދު އާއި ހާޒިމް ފައުޒީގެ އިތުރުން މުހައްމަދު ރަފާހް އަބްދުﷲ އެވެ. ފޭދޫ ޓީމުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ހަސަން ލަވްހު އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.

ޕެނަލްޓީގައި ހިތަދޫ ޓީމުން ޖެހި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފައިވެ އެވެ. ފޭދޫ ޓީމުގެ ލަވްހު ފޮނުވާލި ޕެނަލްޓީ ހިތަދޫ ޓީމުގެ ގޯލްކީޕަރު މަތަކުރިއިރު އެޓީމުގެ މުހައްމަދު އާއިޝް ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހިތަދޫ ޓީމުގެ ހާޒިމް އެވެ.

މި ފަހަރުގެ މުބާރާތުގައި 129 ޓީމު ބައިވެރިވެފައިވާއިރު، މި ޓީމުތަކުން ރާއްޖޭގެ ގައުމީ ޓީމުގެ ގިނަ ތަރިންތަކެއް ވެސް އަންނަނީ ފެންނަމުންނެވެ.