Last Updated: May 8, 22:22
Wednesday, May 8, 2024
ޚަބަރު

އިންޓަ-ސްކޫލް އެތުލެޓިކްސް މާދަމާ ފަށަނީ

މި އަހަރުގެ އިންޓަ-ސްކޫލް އެތުލެޓިކްސް މީޓް މާދަމާ އައްޑޫގައި ފަށަން ތައްޔާރުވެއްޖެ އެވެ.

ޖުމްލަ 31 ސްކޫލަކުން ވާދަކުރާ މި މުބާރާތް ފަށަން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު އައްޑޫ ސްޓޭޑިއަމްގަ އެވެ. އެތުލެޓިކްސް މީޓްގައި ވާދަކުރާ އައްޑޫން ބޭރު ސްކޫލްތަކުގެ ޓީމްތައް މިހާރު ވަނީ އައިސްފަ އެވެ.

މާދަމާ އިން ފެށިގެން މި މަހުގެ 16 އާ ހަމައަށް ކުރިއަށް ގެންދާ މުބާރާތުގައި އައްޑޫގެ 10 ސްކޫލަކުން 500 އަށް ވުރެ ގިނަ ދަރިވަރުން ވާދަކުރާ އިރު އައްޑުއާ އެކީ ހަތް ސަރަހައްދެއްގެ ސްކޫލަކުން ވާދަކުރެ އެވެ. އެތުލެޓިކްސް މީޓްގައި އައްޑޫގެ ސްކޫލްތަކުން 500 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރާ އިރު، އެހެން ސްކޫލްތަކުން 383 އެތުލީޓުން ވާދަކުރެ އެވެ.

އެތުލެޓިކްސްގައި ވާދަކުރާ އައްޑޫން ބޭރުގެ ސްކޫލްތަކުގެ އަދަދާއި އެތުލީޓުންގެ އަދަދު:

* ފުވައްމުލައް: 5 ސްކޫލަކުން، 211 އެތުލީޓުން
* ގއ. އަތޮޅު: 2 ސްކޫލަކުން، 59 އެތުލީޓުން
* ގދ. އަތޮޅު: 2 ސްކޫލަކުން، 45 އެތުލީޓުން
* ހދ. އަތޮޅު: 3 ސްކޫލަކުން، 15 އެތުލީޓުން
* އއ. އަތޮޅު: 1 ސްކޫލަކުން، 21 އެތުލީޓުން
* މާލެ: 8 ސްކޫލަކުން، 32 އެތުލީޓުން

އިންޓަ-ސްކޫލް އެތުލެޓިކްސް މީޓަކީ އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމުކުރާ މުބާރާތެކެވެ. މި އަހަރުގެ މުބާރާތް އައްޑޫގައި ބާއްވަނީ ސިޓީ ކައުންސިލާ ގުޅިގެންނެވެ.

ޖުމްލަ 33 ސްކޫލަކުން ވާދަކުރި އެ މުބާރާތުގައި 809 އެތުލީޓުން ވާދަކުރި އެވެ. އަދި ޖުމްލަ 108 އިވެންޓެއް އެ މުބާރާތުގައި ކުރިއަށް ގެންދިޔަ އެވެ. މިދިޔަ އަހަރު އެންމެ ކާމިޔާބު ސްކޫލަކީ ފުވައްމުލަކު މުޙައްމަދު ޖަމާލުއްދީން ސްކޫލެވެ.