Last Updated: April 28, 21:57
Sunday, April 28, 2024
ޚަބަރު

ނޫއީ މޯލްޑިވްސްގެ ޖީއެމްއަކަށް މައުރޫފް

ނޫއީ މޯލްޑިވްސް ކުނާވަށި ރިސޯޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމަށް މުހައްމަދު މައުރޫފު އައްޔަންކޮށްފި އެެވެ.

އެ މަގާމަށް އޭނަ އައްޔަންކުރި ރިސޯޓް މެނޭޖަރުގެ މަގާމަށް އައްޔަންކުރިތާ ގާތްނޑަކަށް ދެ މަހެއްހާ ދުވަސް ފަހުންނެވެ. ނޫއީ މޯލްޑިވްސް އިން ބުނީ އެތަނުގެ ޖެނެރަލް މެނޭޖަރުކަމާ މައުރޫފު ހަވާލުވެވަޑައިގަތުމަކީ ރިސޯޓްގެ ހިންގުމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ. އަދި އޭނަގެ ތަޖުރިބާ އާއި ގާބިލްކަމާ އެކީ ނޫއީ މޯލްޑިވްސްގެ ޓީމުން ޓޫރިސްޓުންނަށް ދޭ ހިދުމަތްތައް އިތިރަށް ފުރިހަމަވެގެން ދާނެ ކަމަށް މެނޭޖްމަންޓުން ބުންޏެވެ.

އައްޑޫ ފޭދު އަށް އުފަން މައުރޫފަކީ ނޫއީ މޯލްޑިވްސްއާ ގުޅުނީ 2022 ގަ އެވެ. އޭގެ ފަހުން އޭނަ ވެފައި ވަނީ އެ ރިސޯތްގެ ވަރަށް މުހިއްމު ހިއްސާއަކަށެވެ.

ޓޫރިޒަމް ދާއިރާގައި 1995 އިން ފެށިގެން މަސައްކަތްކުރަމުން އަންނަ މައުރޫފް ރިސޯޓެއްގެ ޖެނެރަލް މެނޭޖަރުކަމާ ހަމައަށް ވަޑައިގެންނެވީ ވަރަށް އާދައިގެ ވަޒީފާއަކުން ފެށި ރިސޯޓް މަސައްކަތުގެ ދަތުރުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.

އޭނަ ޖީއެމްކަން ކުރާ ފުރަތަމަ ރިސޯޓް ނޫއީ މޯލްޑިވްސް އަކީ ވ. އަތޮޅުގައި ހިންގަމުން އަންނަ ލަގްޒަރީ ރިސޯޓެކެވެ.