Last Updated: May 9, 06:05
Thursday, May 9, 2024
ކުޅިވަރު

ގަލޮޅު ދަނޑުގައި މާރާމާރީ ހިންގި ދެ މީހަކު ހައްޔަރުކޮށްފި

ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުމުގެ ތެރެެއިން- ފޮޓޯ: މިހާރު

ގަލޮޅު ދަނޑުގައި މިދިޔަ ބުދަ ދުވަހުގެ ހަވީރު ހިނގި މާރާމާރިއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވަނީ 21 އަހަރު ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

މި މާރާމާރީ ހިންގާފައިވަނީ ދެވަނަ ޑިވިޝަންގައި ކުޑަހެންވޭރާއި ވިކްޓްރީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ފަހު ވަގުތުގަ އެވެ.

މެޗުގެ ފަހު ވަގުތު ވިކްޓްރީގެ ކުޅުންތެރިއަކު ބޯޅަ ނެތީސް ކުޑަ ހެންވޭރުގެ ކުޅުންތެރިއަކަށް ހަމަލާ ދިނުމާ ގުޅިގެން ކުޑަހެންވޭރުގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރާ، ވިކްޓްރީގެ ކުޅުންތެރިއާއަށް އަދި ވިކްޓްރީގެ އޮފިޝަލުންނަށް ހަމަލާދީފަ އެވެ. މި މާރާމާރީ ހިންގިއިރު ދަނޑުގައި ފުލުހުންވެސް ތިއްބެވެ. އެހެންނަމަވެސް ފުލުހުންނަށް އެކަންކަން ކޮންޓްރޯލް ކުރެވިފައެއް ނުވެ އެވެ.

މެޗު ހުއްޓާލިއިރު 3-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ވިކްޓްރީ ކަމަށްވާއިރު މެޗުގެ ކުޅުން އިތުރަށް ކުރިއަށް ނުގެންގޮސް ވިކްޓްރީ ސެމީ ފައިނަލަށް ގޮސްފައިވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.