Last Updated: July 6, 22:22
Sunday, July 6, 2025
ޚަބަރު

ދުބާއީގައި ރާއްޖޭގެ އިންވެސްޓްމެންޓް ފޯރަމެއް

ޗައިނާގައި ބޭއްވި އިންވެސްޓްމެންޓް ފޯރަމްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ދުބާއީގައި ރާއްޖެ އިން އިންވެސްޓްމެންޓް ފޯރަމެއް ބޭއްވުމަށް ނިންމައިފި އެވެ.

މި އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީ އަށް މާދަމާ ފައްޓަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ފޯރަމް އޮންނާނީ މި މަހުގެ 13 ވަނަ ދުވަހު ދުބާއީގައި އެވެ. ފޯރަމްގައި ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތުތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިފަދަ ފޯރަމެއް ރައީސް މުއިއްޒު މިދިޔަ މަހު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވެސް ބާއްވާފައިވެ އެވެ.