Last Updated: January 13, 10:49
Monday, January 13, 2025
ޚަބަރު

ރޯދަ އުމްރާ އަށް ދާ މީހުން ވެކްސިން ޖަހަން އެދިއްޖެ

ކުރިއަށް އޮތް ރޯދަ މަހު އުމްރާ އަށް ދާން ހަމަޖެހިފައިވާ މީހުން އަންނަ މަހުގެ 10 ކުރިން ޕޯލިއޯ ވެކްސިން ޖަހަން ދަމަނަވެށިން އެދިއްޖެ އެވެ.

އެތަނުން އާންމުކުރި އިއުލާނެއްގައި ބުނީ ޕޯލިއޯ ވެކްސިނަކީ އަނގަ އަށް ދޭން ޖެހޭ ވެކްސިނެއްކަމުން ރޯދަ މަހުގެ ދުވާލު ގަޑީގައި ވެކްސިން ނުދެވޭނެީ ނުވާތީވެ، ރޯދަ މަހު އުމްރާއަށާއި އެ ނޫން ބޭނުންތަކުގައި ރާއްޖެ އިން ބޭރަށް ދާ މީހުންގެ ތެރެއިން ވެކްސިން ޖަހަން ޖެހޭ މީހުން އަންނަ 10 މާޗް ގެ ކުރިން ޢުމްރާ ވެކްސިން ޖަހައި ނިންމުމަށް އެދޭ ކަމަށެވެ.

ރޯދަ މަސް ފެށެނީ އަންނަ މަހުގެ 11 ގަ އެވެ.

ދަމަނަވެށިން ބުނީ އެއްވެސް ސަބަބަކާ ހުރެ އަންނަ މަހުގެ 10 ގެ ކުރިން ޕޯލިއޯ ވެކްސިން ނުޖެހޭ މީހުންނަށް، ރޯދަ މަހުގެ ރޭގަނޑު ދަމަނަވެށިން ޚިދުމަތް ދިނުމަށް ކަނޑައަޅާ ގަޑިތަކުގައި ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައި ދޭނެ ކަމަށެވެ.