Last Updated: July 27, 06:33
Saturday, July 27, 2024
ޚަބަރު

އެއް ދުވަހުން ޓޫރިސްޓުންގެ އާ ރެކޯޑެއް

އެއްދުސް ތެރޭ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކުރާ ދުވަހަކަށް މިއަދު ވެގެން ދާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ރާއްޖެއަށް 10،213 ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށެވެ. އަދި މިއީ މިހާތަނަށް އެއްދުވަހުގެ ތެރޭ އެންމެ ގިނަ ފަތުވެރިން ރާއްޖެ ޒިޔާރަތް ކުރާ ދުވަސް ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ ވަނީ މިކަމާއި ގުޅިގެން ސިނާޢަތުގެ ހުރިހާ މަސްޢޫލުވެރިންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. އެއީ 8900 ފަތުރުވެރިންނެވެ. ނަމަވެސް މިއަދު އެއަށް ވުރެ އިތުރަށް 1300 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރަނީ ޗައިނާ މާކެޓުންނެވެ. އެގޮތުން މިހާތަނަށް އެ މާކެޓުން 28304 މީހަކު ވަނީ ޒިޔާރަތް ކޮށްފައެވެ. މިއީ މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އަދަދެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރަނީ އިޓަލީ މާކެޓުންނެވެ.

މިދިޔަ އަހަރު އެއްވަނައިގަ އޮތް އިންޑިއާ މާކެޓް މިއަހަރު މިހާތަނަށް އައިއިރު އޮތީ 5 ވަނަ މާކެޓުގެ ގޮތުގައެވެ.