Last Updated: July 27, 14:13
Saturday, July 27, 2024
ޚަބަރު

މަޖިލީހަށް ވާދަކުރަން 68 ފޯމު ހުށަހަޅައިފި

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

މި އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިރުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރަން މިހާތަނަށް 68 މީހަކު ފޯމް ހުށަހަޅައިފި އެވެ.

އީސީގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އިއްޔެގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވަނީ 22 ހުށަހެޅުން ކަމަށާއި އަދި މިއަދު 46 ހުށަހެޅުން ލިބިފައިވާ ކަމަށެވެ.

"ޖުމްލަ މިއަދުގެ ނިޔަލަށް 68 ހުށަހެޅުން އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވޭ،" ހަބީބު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބަށް ވާދަކުރަން އީސީން ހުޅުވީ މިދިޔަ މަހުގެ 30 ގަ އެވެ. އެކަމަށް ދިން ސުންގަޑި މި މަހުގެ 14 އަށް ހަމަވާނެ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ މަހުގެ 17 ގަ އެވެ. ނަމަވެސް ރޯދަ މަހަށް ފަހު އިންތިހާބު ބޭއްވުމަށް ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން މިއަދު ފާސްކޮށްފައިވުމުން ފަހަރުގައި އިންތިހާބު ބާއްވާ ތާރީހަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ވިހި ވަނަ މަޖިލީހަށް 93 މެންބަރުން އިންތިހާބު ކުރާނެ އެވެ.