Last Updated: July 27, 09:36
Saturday, July 27, 2024
ޚަބަރު

ސިމްވާ އަށް ލަންކާ އެމްބަސީން މަގާމެއް

އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ސޯޝަލް މީޑިއާގެ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކުރި އަހުމަދު އަންވަރު (ސިމްވާ) އަށް ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އިސް މަގާމެއް ދީފި އެވެ.

އޭނަ އަށް ދިނީ ލަންކާ އެމްބަސީގެ ސެކަންޑް ސެކްރެޓަރީގެ މަގާމެވެ. ސިމްވާ މިއަދު ވަނީ ވަޒީފާ ވެސް ނުކުންނަން ފަށައިފަ އެވެ.

އޭނަ އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީ އާއި އަދި ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރި މީހެކެވެ. ނަމަވެސް ރައީސް ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ސިމްވާ މަގާމުން އިސްތިއުފާ ދީ އުޅުނީ ޑިމޮކްރެކްޓްސްއާ އެކީގަ އެވެ.ވެ.

ލަންކާގައި ހުންނަ އެމްބަސީން ދާދ ފަހުން ފިލްމީ ތަރި އަލީ ސީޒަނަށް ވެސް މަގާމެއް ދީފައިވެ އެވެ.