Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

ފުނަދޫ ދާއިރާ އަށް އިލްހާމް ވާދަކުރަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ށ. ފުނަދޫ ދާއިރާއަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި އިލްހާމު އަހްމަދު ވާދަކުރަން ނިންމައިފި އެވެ.

އިލްހާމް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ފުނަދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ނިންމާފައިވާ ކަމަށާއި ދާއިރާގެ ރައްޔިތުންގެ ތާއީދަށް އިހުލާސްތެރިކަމާއެކު ދަންނަވާ ކަމަށެވެ.

ޑީއާރްޕީ އާއި ޕީޕީއެމްގައި ވެސް އުޅުއްވި އިލްހާމް މީގެކުރިން ވަނީ މަޖިލީހުގެ ގެމަނަފުށީ ދާއިރާ އަދި ދަނގެތި ދާއިރާގެ ގޮނޑި ފުރުއްވާފަ އެވެ.

އެމްޑީޕީއާ ގުޅުމުގެ ކުރިން އިލްހާމް ހުންނެވީ ޖުމްހޫރީ ޕާޓީގަ އެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއިގެ މަގާމު އަދާކުރެއްވި އިލްހާމް ޖޭޕީ ދޫކޮށް އެމްޑީޕީއާ ގުޅުނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ތެރޭގަ އެވެ.