މި އަހަރުގެ ރޯދަ މަހާ ދިމާކޮށް އެމްޓީސީސީ އިން ހާއްސަ ޕްރޮމޯޝަަނެއް ފަށައިފި އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްގެންދާ މެރިން އެކްސްޕޯގެ ތެރެއިން މި ޕްރޮމޯޝަން ފައްޓަވާދެއްވީ އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.
މި ޕްރޮމޯޝަން އޭޕްރިލް ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
މި ޕްރޮމޯޝަންގައި މަގުސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުން ކަމަށް އެމްޓީސީސީން ބުނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން ސުޒުކީ އިންޖީނާއި، ޔަންމާ ޖެންސެޓްސް، ސްޓަރން އައިޓަމްސް އާއި، ސްކޮޓް ބޭޑަރ ރެސިން އާއި، ސްކޮޓް ބޭޑަރ ޖެލްކޯޓްސް، ސްޕެއަރ ޕާޓްސް، އެކްސަސަރީސްގެ އިތުރުން އިންޑަސްޓްރިއަލް ގޭހާއި މެރޯލް އަދި ލުބްރިކެންްޓްސް ފަދަ ޕްރޮޑަކްޓަތައް ލިބިގެން ދާނެ ކަމަަށް އެމްޓީސީސީން ބުނެ އެވެ.
އެމްޓީސީސިން ވަނީ ޕްރޮމޯޝަން ނިންމާފައި ނެގޭ ގުރުއަތަކުން އެކަކަށް އިތުރު މީހަކު ގޮވައިގެން އުމްރާއަށް ދިއުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.