Last Updated: July 27, 09:53
Saturday, July 27, 2024
ޚަބަރު

ޓެކްސީ ޑްރައިވަރުންގެ ދަފުތަރަށް ހުޅުވާލައިފި

އައްޑޫގެ ޓެކްސީތަކެއް.

ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ޑްރައިވަރުންނަށް އެ މިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިކޮޮށް ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ޓެކްސީ ޑްރައިވަރުންގެ ދަފުތަރެއް އެކުލަވައިލުމުން އެ މީހުންނަކީ ރަސްމީ ސިފައެއްގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ބަލައިގަންނާނެ އެވެ. އަދި މިފަދަ ދަފުތަރެއް އެކުލަވާލުމުގެ މަގުސަދަކީ ޓެކްސީ ޑްރައިވަރުންނަށް މާލީ ނިޒާމުގެ ތެރެއިން ލޯނު ނެގުމާއި މާލީ ވަސީލަތްތައް ހޯދަން ފަސޭހަކޮށް ދިނުމާއި ޑިޖިޓަލް ޕޭމަންޓް ނިޒާމުގެ ތެރެއިން ވެސް މުއާމަލާތް ކުރުން ފަސޭހަކޮށް ދިނުމެވެ.

ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފުތަރު އެކުލަވާލުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ "ހަފުތާ 14" މަގު ޗާޓުގައި ވެސް ހިމެނޭ ކަމެކެވެ.