Last Updated: July 27, 10:14
Saturday, July 27, 2024
ޚަބަރު

ޖާބިރުގެ ޓިކެޓް އެހެން ކެންޑިޑޭޓަކަށް ދީފި

އެމްޑީޕީން ވަކިކުރުމަށް ފަހު، ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިތުގެ އަތުން އަތުލި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ޓިކެޓް އެ ޕާޓީން ގާނޫނީ ވަކީލު އަބްދުﷲ ނަސީރަށް ދީފި އެވެ.

އަހުލާގީ މައްސަލައަކާ ގުޅިޖް ޖާބިރުގެ ޓިކެޓް އަތުލުމުން އެ މައްސަލަ އޭނަ އޮތީ އެމްޑީޕީގައި އިސްތިއުނާފު ވެސް ކޮށްފަ އެވެ.

ޖާބިރުގެ ޓިކެޓް އެމްޑީޕީން ދިން ނަސީރަކީ މި މަހު 3 ގައި ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ހުޅުމާލެ އުތުރު ދާއިރާ އަށް ވާދަކުރައްވައި ބަލިވި ކެންޑިޑޭޓެކެވެ. ގދ. ގަސއްދު އަށް ނިސްބަތްވާ ނަސީރާ ޕްރައިމަރީގައި ވާދަކުރައްވައި ޓިކެޓް ކާމިޔާބު ކުރެއްވީ އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އެވެ.

ނަސީރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އެވެ. އޭނަ ކުރިން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑް މެންބަރުކަން ވެސް ކުރައްވާފައިވެ އެވެ.

ޖާބިރު ވަނީ ޓިކެޓް އަތުލުމުން މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.