Last Updated: July 27, 10:14
Saturday, July 27, 2024
ޚަބަރު

މަރުގެ ހުކުމް އިއްވި އިންޑިއާ މީހުން މިނިވަންކޮށްފި

ޖާސޫސްކުރިކަމުގެ ތުހުމަތުގައި ގަތަރުން މީގެ ދެ އަހަރު ކުރިން ހައްޔަރުކޮށް، މަރުގެ ހުކުމް ވެސް އިއްވި އިންޑިއާގެ ކުރީގެ ކަނޑުގެ ސިފައިންތަކެއް އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

ދޯހާގެ ޕްރައިވެޓް ކުންފުންޏެއް ކަމަށްވާ ދަހްރާ ގްލޯބަލްގައި މަސައްކަތްކުރި 8 މީހުން އެނބުރި އިންޑިއާ ގޮސްފައިވާކަން އެ ގައުމުގެ ފޮރިން މިނިސްޓްރީން ވެސް މިއަދު ކަށަވަރުކޮށް ދީފައިވެ އެވެ. އެ މީހުން ގަތަރުން އަނބުރާ ފޮނުވާލީ ކުރިން އިއްވި މަރުގެ ހުކުމް، އިންޑިއާ އިން ގަތަރުގެ އިސްތިއުނާފީ ކޯޓްގައި އިސްތިއުނާފު ކުރުމުން މިދިޔަ މަހުގެ ތެރޭގައި މަރުގެ ހުކުމް، ޖަލު ހުކުމަށް ބަދަލުކޮށްފައި ވަނިކޮށެވެ.

އެކަމަކު އެ މީހުންނަށް އިއްވި ޖަލު ހުކުމްގެ މުއްދަތާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

އިޒްރޭލަށް ޖާސޫސްކޮށް ދިންކަމުގެ ތުހުމަތުގައި އިންޑިއާގެ ބަޔަކު ގަތަރުން ހައްޔަރުކޮށް ދައުވާކުމުން ދެ ގައުމުގެ ގުޅުމަށް ވެސް އޭގެ ސަބަބުން ބުރޫއަރާފައިވެ އެވެ.