Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު

އައިވީއެފަށް އާސަންދަ ލިބޭ އުސޫލު އާންމު ކުރަނީ

އައިވީއެފާއި އައިޔޫއައި މެދުވެރިކޮށް ދަރިން ހޯދަން މަގުފަހިކޮށް ދިނުމުގެ ގޮތުން އެންސްޕާ އިން އެހީ ދޭނެ ގޮތުގެ އުސޫލު މި މަހު އިއުލާންކުރާނެ ކަމަށް އެތަނުން ބުނެފި އެވެ.

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު "މިހާރު" އަށް ވިދާޅުވެފައި ވަނީ އެ ދެ ޕްރޮސީޖާ އަށް އާސަންދަ ދިނުމާ ގުޅޭ އުސޫލަށް ޓެކްނިކަލް ބޭފުޅުންގެ ލަފާ މިހާރު ހޯދަމުން އަންނަ ކަމަށާއި މި ހަފުތާ ނިމުމުގެ ކުރިން ލަފާ ހޯދައި ނިންމާނެ ކަމަށެވެ.

ހީނާ ވިދާޅުވީ ދަރިމައިވުމުގެ މައްސަލައާ ގުޅޭ ހާއްސަ އުސޫލު ރައީސް އޮފީހަށް ފޮނުވައި މި މަހުގެ ތެރޭގައި ގެޒެޓް ވެސް ކުރެވޭނެ އެވެ. އަދި އޭގެ ފަހުން އެ ކަންކަމަށް، އެހީ ލިބޭނެ އެވެ.

އައިވީއެފްގެ އެހީގައި ދަރިމައިވުމާ ގުޅޭ ފަރުވާތައް އާސަންދައިގެ ތެރެއިން ލިބޭނެ ގޮތް ހަމަޖައްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.