Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

ނެޝަނަލް މެޑިސިން ޕޮލިސީ އާންމުކޮށްފި

މި އަހަރުން ފެށިގެން 2030 އެކުލަވާލާފައިވާ ނެޝަނަލް މެޑިސިން ޕޮލިސީ އާންމުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭ) އިން ބުނީ އިއްޔެ އާންމުކުރި މި ޕޮލިސީ އަކީ ބޭސް ބޭނުންވާ ފަރާތްތަކަށް، ތަފާތު ކުރުމެއް ނެތި ފެންވަރު ރަނގަޅު ބޭސް އެކަށީގެންވާ އަގެއްގައި ބޭނުންވާ ވަގުތު ފޯރުކޮށް ދިނުމަށް، މަގުފަހިކުރުމަށްޓަކައި ތައްޔާރުކުރި ޕޮލިސީއެއް ކަމަށެވ.

މި ފޮލިސީ ކޮންމެ 5 އަހަރުން އެއް އަހަރު ޙާލަތަށް ރިޔާޢަތްކޮށް މުރާޖާ ވެސް ކުރާނެ އެވެ. އެންމެ ފަހުން މި ޕޮލިސީ އާންމު ކުރީ 2018 ގަ އެވެ.

ރާއްޖެ އަށް ފެންވަރު ރަނގަޅު ބޭސް އެތެރެކޮށް، ތަފާތު ކުރުމެއް ނެތި ބޭސް ފޯރުކޮށް ދިނުމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. އެގޮތުން މިކަމާ ގުޅުން ހުރި މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.