Last Updated: July 27, 09:39
Saturday, July 27, 2024
ޚަބަރު

އެމްޑީޕީގެ ކެންޑިޑޭޓުން ފޯމު ހުށަހަޅައިފި

ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ކެންޑިޑޭޓުން ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅޭނެ ފަހު ތާރީހަކީ ފެބުރުއަރީ 14 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ. އިންތިހާބުގައި ބައިވެރިވުމަށް އީސީއަށް އިއްޔައާ ހަމައަށް ލިބިފައިވަނީ 68 ފޯމުކަމަށް އެ ކޮމިޝަނުން މައުލޫމާތުދީފައިވެއެވެ.

މަޖިލިސް އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އިންތިހާބު ފަސް ކުރުމަށް ޤާނޫނަށް ގެނައި އިސްލާހު މަޖިލީހުން އިއްޔަ ވަނީ ފާސްކޮށްފައެވެ.

ވިހި ވަނަ މަޖިލީހަށް ޖުމްލަ 93 މެންބަރަކު އިންތިހާބު ކުރާނެއެވެ. މިފަހަރުގެ އިންތިހާބުގައި 284،327 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.