Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

31 ރަށަކަށް މަކިޓާ އެޖެންޓުން ހޯދަނީ

އެސްޓީއޯ އިން އެތެރެކޮށް ވިއްކާ މަކިޓާ ބްރޭންޑްގެ ޓޫލްސްތައް 31 ރަށެއްގައި ވިއްކައި ދޭނެ އެޖެންޓުން ހޯދަން އިއުލާންކޮށްފި އެވެ.

އެޖެންޓުން ހޯދާ ރަށްރަށަކީ ހއ. ދިއްދޫ، ށ. ފުނަދު، މިލަންދޫ، ނ ވެލިދޫ، މަނަދޫ، ރ. ދުވާފަރު، މީދޫ، އަލިފުށި އުނގޫފާރު، ބ. ތުޅާދޫ، ޅ. ނައިފަރު، ހިންނަވަރު، ކ. ކާށިދޫ، ހިންމަފުށި، ގުޅި، ތުލުސްދޫ، އއ. ރަސްދޫ، ތޮއްޑޫ، އދ. މަހިބަދޫ، މާމިގިލި، ވ ކެޔޮދޫ، މ މުލަށް، ދިއްގަރު، މުލި، ފ ނިލަންދޫ، ދ ކުޑަހުވަދޫ، މީދޫ، ތ ތިމަރަފުށި، ވިލުފުށި އަދި ލ. އިސްދު އާއި މާވަށެވެ.

މިއިން ކޮންމެ ރަށަކަށް ދެ އެޖެންޓުން ނަގާނެ އެވެ.

އެހެންވެ އެސްޓީއޯ އިން ބުނީ މި ރަށްރަށުގައި މަކިޓާ ޓޫލްސް ވިއްކައި ދޭން އެޖެންޓުންނަށް ވާން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 14 އާ ހަމައަށް އެޕްލައި ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ މަކިޓާ ޝޯރޫމުން ލިބޭނެ އެވެ. އަދި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.

ފޯމް ހުށަހަޅާ އިރު ރަށުގެ ނަމާއި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެ އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 7980240 އިން ލިބޭނެ އެވެ.