Last Updated: July 27, 10:14
Saturday, July 27, 2024
ޚަބަރު

އިހަަވަންދޫ މަގު ހެދުމުގެ މަޝްރޫއު ފަށައިފި

ހއ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަޝްރޫޢު ފައްޓަވައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރެވެ.

އިހަވަންދޫގެ މަގުތައް ހަދަން އާރުޑީސީއާ ހަވާލުކުރީ 2022 ގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

އެ ރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ފެށީ ކުރަން ކުރަން ޖެހޭ ސާވޭތަކާއި ޑިޒައިން މަސައްކަތް ނިންމުމަށް ފަހު ކަމަށެވެ. އެގޮތުން 15 މަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ހަދާނެ އެވެ. މަގުތައް ހަދާނީ ޒަމާނީ ފެން ހިންދުމުގެ ނިޒާމާ ވެސް އެކީގަ އެވެ. މަގުތައް ހަދައި ނިމޭއިރު މަގުތަކުގައި ނިޝާންތައް ކުރަހައި މަގުބައްތި ވެސް ހަރުކުރާނެ އެވެ.

އަމާޒަކީ ހަ މަސްތެރޭ މަޝްރޫއު ނިންމައިލުމެވެ. މިއީ 102 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.