Last Updated: July 27, 14:36
Saturday, July 27, 2024
ޚަބަރު

20 އިމާމަކާއި ޚަތީބަކު ތަމްރީނަށް މައްކާ އަށް

އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމްގެ ބައިވެރިންތަކެއް.

އިމާމުންނާއި ޚަތީބުންނަށް އިތުރު ތަމްރީނު ދިނުމަށް ރާއްޖެ އިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުގެ ތެރެއިން ފުރަތަމަ ބުރުގައި 20 މީހަކު އަންނަ ހުކުރު ދުވަހު މައްކާ އަށް ފުރާނެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ ޝައްވާލު މަހުގެ ތެރޭގައި، ޕްރޮގްރާމުގެ ދެވަނަ ބުރުގައި މައްކާ އަށް ދާނެ ކަމަށާއި ފުރަތަމަ ބުރަށް ވުރެ ގިނަ އިމާމުންނާއި ޚަތީބުން ދެވަނަ ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ޝަހީމު ވިދާޅުވީ ސައުދި އަރަބިއްޔާއާ ގުޅިގެން އިމާމުންނަށް ހިންގާ ޕްރޮގްރާމުތަކުގެ ސަބަބުން އިމާމުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސައުދީ އިތުރުން މެލޭޝިއާއަށާއި ބުރޫނާއީ އާއި މިސްރާއި އިންޑޮނޭޝިއާ އަށް ވެސް އިމާމުން ތަމްރީނު ކުރަން ފޮނުވަން ނިންމާފައިވާ ކަމަށެވެ.

"އިރާދަކުރެވިއްޔާ ރަމަޟާން މަހުގެ ފަހުން އެ ދަތުރުތައް އެކި ބުރުތަކަށް ބަހައިގެން އިމާމުންނަށް އަޅުގަނޑުމެން ފަހިކޮށް ދޭނަން." ޝަހީމް ވިދާޅުވި އެވެ.

އިއްޔެ ގއ. ގެމަނަފުށީގައި ވަނީ އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ. އޭގައި 77 މީހަކު ބައިވެރިވެ އެވެ.