Last Updated: July 27, 19:05
Saturday, July 27, 2024
ޚަބަރު

ސަރުކާރުން މަޖިލީހަށް 24 ބިލެއް ފޮނުވައިފި

ދައުރު ހަމަވާން ގާތްވަމުން އަންނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން 24 ބިލެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ ރ. ގައިވާ ގޮތުން މަޖިލީހުގެ ކޮންމެ ދައުރެއް ފެށުމާ އެކީ ސަރުކާރުގެ ފަރާތުން އެ ދައުރަކަށް ހުށަހަޅަން ހުރި ބިލުތަކުގެ ލިސްޓެއް ސަރުކާރުން މަޖިލީހުގެ ރައީސަށް ފޮނުވަން ޖެހެ އެވެ.

އެ މާއްދާގެ ދަށުން މި ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވަން ހުރި ބިލުތަކުގެ ލިސްޓެއް އިއްޔެ ލިބިފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދުގެ ޖަލްސާގައި ވިދާޅުވި އެވެ.

"އެ ލިސްޓުގައި ސައުވީސް ބިލެއް ހިމަނުއްވާފައިވޭ." އޭނަ ވިދާޅުވި އެވެ.

* ސަރުކާރުން ހުށަހެޅި ބިލުތައް:

1. ބިމުގެ ބިލު
2. ބޯހިޔާވަހިކަމުގެ ބިލު
3. ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު
4. އާބަން ޕްލޭނިން އަދި އާބަން ޑިވެލޮޕްމަންޓްގެ ބިލު
5. ނަފުސާނީ ސިއްހަތުގެ ބިލު
6. ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
7. ކޮޕީރައިޓް އާއި އެއާގުޅޭ އެހެނިހެން ހައްގުތަކަށް އިސްލާހު ގެނައުމުގެ ބިލު
8. ދަތުރުރާވާ ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ބިލު
9. ސޮވެރިން ޑިވެލޮޕްމަންޓް ފަންޑްގެ ބިލު
10. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
11. ފޮރިން އިންވެސްޓްމަންޓްގެ ބިލު
12. ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
13. ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
14. ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލު
15. ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު
16. ދިވެހިރާއްޖޭގެ ގާނޫނީ ފަނުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
17. އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
18. ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
19. ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު
20. ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
21. ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
22. މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
23. މީޑިއާ ކޮމިޝަންގެ ބިލު
24. ބްރޯޑްކާސްޓްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

މި ބިލުތަކުގެ ލިސްޓު މެންބަރުންނާ ހިއްސާކުރައްވައި ލިސްޓު މަޖިލީހުގެ ވެބްސައިޓްގައި ވެސް ންމުކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ނަވާރަ ވަނަ މަޖިލީހުގެ މި ދައުރު މި އަހަރުގެ މެއި މަހަށް ހަމަވާނެ އެވެ.