Last Updated: July 27, 06:33
Saturday, July 27, 2024
ޚަބަރު

އިންތިހާބަށް ކުރިމަތިލާން ސުންގަޑި ހަމަވަނީ

މަޖިލިސް އިންތިހާބަށް ކުރިމަތިލާން ދިން ސުންގަޑީ މާދަމާ ހަމަވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މާދަމާ މުއްދަތު ހަމަވާ އިރު، އިންތިހާބަށް ކުރިމަތިލާން ދިން މުއްދަތު އިތުރު ނުކުރަން ވެސް ވަނީ ނިންމައިފަ އެވެ. ސުންގަޑި ހަމަވާނީ މާދަމާ މެންދުރު ފަހު 2:00 އަށެވެ. އިންތިބާހަށް ހުޅުވައިލީ މިދިޔަ މަހުގެ 30 ގަ އެވެ.

މާދަމާ ސުންގަޑި ހަމަވާ އިރު، އިންތިހާބުގައި ވާދަކުރަން 183 މީހަކު މިހާތަނަށް ފޯމު ހުށަހަޅާފައިވެ އެވެ.

މަޖިލިސް އިންތިހާބު އަންނަ މަހުގެ 17 ގައި ބާއްވަން އީސީން ނިިންމާފައި ވަނިކޮށް، އިންތިހާބު ރޯދައިގެ ފަހުން ބާއްވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވެ އެވެ. އެގޮތުން ފާސްކޮށްފައި ވަނީ ރޯދަ މަސް ނިމި، އޭގެ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށެވެ.

ވިހި ވަނަ މަޖިލީހަށް 93 މެންބަރުން އިންތިހާބު ކުރާނެ އެވެ.