Last Updated: July 27, 10:26
Saturday, July 27, 2024
ޚަބަރު

ފްލެޓް ސްކޭމެއްގައި ބައި މިލިއަން ފޭރިގެންފި

ފްލެޓު ލިބުނު ކަމަށް ބުނެ މިއަދުވެސް 500،000ރ. ފޭރިގެންފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފިއެވެ.

މިކަން ކޮށްފައިވަނީ ފްލެޓް ލިބުނު ކަމަށް ބުނެ ގުޅައިގެން އޮޅުވާލާ، އެމީހާއަށް ލިބޭ އޯޓީޕީ ކޯޑު ހޯދައިގެން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވަނީ އެއްވެސް ބަޔަކާ ފޯނަށް އަންނަ އޯޓީޕީ ކޯޑު ހިއްސާ ނުކުރުމަށް އެދިފައެވެ.

ފުލުހުން މިއަދު މީސް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ވަނީ މިފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އޯޓީޕީ އެއްވެސް ފަރާތަކާއި އެއްވެސް ހާލަތެއްގައި ހިއްސާ ނުކުރުމަށް ވަނީ ހަނދާކޮށްދީފައެވެ.

ފައިސާގެ މުޢާމަލާތް ކުރުމަށް ބޭންކް އަދި އެނޫންވެސް ގޮތްގޮތަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށް ކަމާއި ގުޅޭ ހުރިހާ އިދާރާއަކުން އަބަދުވެސް އިރުޝާދު ދެއެވެ. މި އޯޓީޕީ ކޯޑު ބޭނުން ކޮށްގެން މީހުންގެ އެކައުންޓުތަކުން ބޮޑެތި އަދަދުން ފައިސާ ނަގާ މައްސަލަ ވަނީ ބޮޑުވެފައެވެ. މިފަދަ ކަންކަމުގައި އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް އިދާރާތަކުން އަބަދުވެސް މަސައްކަތް ކުރެވެ.

ރާއްޖޭގައި ސްކޭމް ކޯލްތަކުގެ މައްސަލަ ބޮޑުވެފައިވާއިރު، ކޮމިއުނިކޭޝަން އޮތޯރިޓީ އަދި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން މިކަން ހުއްޓުވުމަށް މަސައްކަތްވެސް ވަނީ ކުރެވިފައެވެ.