Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ގާސިމް ހަތަރު ވަނަ ދައުރަކަށް ފޯމް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވަން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ފޯމް ހުށަޅުއްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ފޯމް ހުށަހެޅުއްވީ އިއްޔެ އެވެ.

ގާސިމަކީ މާމިގިއްޔަށް އުފަން ބޭފުޅެކެވެ. އޭނަ އެ ދާއިރާ އަށް ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވާނެކަން އިއުލާންކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ގާސިމް 20 ވަނަ މަޖިލީހަށް ވާދަކަރައްވާ އިރު، މިދިޔަ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އޭނަގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވެސް މި ފަހަރު މަޖިލީހަށް ވާދަކުރައްވަ އެވެ. އޭނަ ވާދަކުރައްވަނީ ހުޅުމާލޭ ދެކުނު ދާއިރާއަށެވެ.

ގާސިމަކީ މިދިޔަ އަހަރުގެ ރިޔާސީ އިންހާބުގައި ވެސް ވާދަކުރެއްވި ބޭފުޅެކެވެ. އެއީ އޭނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ތިން ވަނަ ފަހަރެވެ.