Last Updated: May 20, 22:14
Monday, May 20, 2024
ޚަބަރު

ރިސޯޓު މަސައްކަތް ހަރާމް ކަމަށް ފަތުވާއެއް ނުނެރޭ

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ދިވެހިން ރިސޯޓުތަކުގައި މަސައްކަތް ކުރުމަކީ ހަރާމް ކަމެއް ކަމަށް ފަތުވާއެއް ނެރެފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހިމް މިހެން ވިދާޅުވީ، މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ރިޒޯޓްތަކުގައި ދިވެހިން ވަޒީފާ އަދާކުރުމަކީ ޙަރާމްކަމެއްކަމަށް ބުނެ ފަތުވާ ކައުންސިލުން ފަތުވާއެއް ނެރެފައިވާކަމަށް ބުނެ ފަތުރަނީ ދޮގުޚަބަރެއް ކަމަށެވެ.

މިނިސްޓަރ އިޝާރަތް ކުރައްވާފައިވަނީ ރާއްޖޭގެ ފަތުވާ ކައުންސިލުން އަންގާރަ ދުވަހު ނެރުނު ފަތުވާ އަކާއި ގުޅިގެންނެވެ. އެ ފަތުވާގައި މުސްލިމުން ރަލާއި އޫރުމަސް ވިއްކާ ތަނެއްގައި މަސައްކަތް ކުރުމަކީ ހަރާމް ކަމެއް ކަމުގައި ބުނެފައެވެ. މި ފަތުވާއާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ފަތުވާގައި އިޝާރާތް ކުރާ ކަންކަން ރާއްޖޭގެ ރިސޯޓުތަކުގައި ހުރުމާއެކު އެފަދަ ތަންތަނުގައި މަސައްކަތް ކުރުވޭނެ ތޯ ސުވާލު އުފައްދާފައެވެ.

ފަތުވާ ކައުންސިލުން ނެރުނު ފަތުވާގައި ދަލީލުތަކާއެކު ހިމަނާފައިވާއިރު، ދިވެހިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން ސީދާ ފާހަގަ ކޮށްފައެއް ނުވެއެވެ.