Last Updated: May 17, 18:06
Friday, May 17, 2024
ޚަބަރު

ޝީޝާ ރޯދަ ރޯޅީގައި ސައިކަލެއް ގަނެގެން 100،000ރ.

ޝީޝާ ޝޯވްރޫމްގެ ތެރެއިން / ފޮޓޯ: ޝީޝާ

މިއަހަރުގެ ރޯދަމަހާއި ދިމާކޮށް ޝީޝާއިން "ރޯދަ ރޯޅި" ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ޝީޝާއިން ރޯދަމަހާއި ދިމާކޮށް ފެށި މި ޕްރޮމޯޝަން ދަށުން ސައިކަލެއް ގަނެގެން 100،000ރ. ހޯދުމުގެ ފުރުސަތު ލިބިގެން ދެއެވެ. އަދި މިއީ ސައިކަލެއް ގަނެލަން ރަނުގެ ފުސަތެއް ގޮތުގައި ޝީޝާއިން ވަނީ ފާހާގަކޮށްފައެވެ.

މި ޕްރޮމޯޝަންގެ ދަށުން، ޝީޝާއިން ނަގާ ކޮންމެ ސައިކަލަކަށް 6000ރ. އާއި 15،000ރ. ދެމެދު ޑިސްކައުންޓެއް ލިބިގެންދާނެއެވެ. މި ޑިސްކައުންޓު ޝީޝާގެ ޝޯވް ރޫމްތަކުން ހުރިހާ މޮޑެލްތަކަށްވެސް ދޭނެއެވެ.

މިއާއެކު މިއަހަރު ރޯދަ ރޯޅި ޕްރޮމޯޝަނުގައި ވަނީ ބައެއް މޮޑެލްތަކުގެ ސައިކަލްތަކަށް ކަސްޓަމަރުންނަށް އެންމެ ކަމުދާ ޒީރޯ ފައިނޭންސް ޗާޖް ޕެކޭޖްތައް ތަޢާރަފްކޮށްފައެވެ. މި ޙާއްސަ އިންސްޓޯލްމެންޓް ޕެކޭޖްތަކުގެ ދަށުން، %50 ޑައުން ޕޭމެންޓް ދައްކައިފި ނަމަ، ބާކީ 12 މަސް ދުވަހަށް އިންސްޓޯލްމެންޓް އެއްވެސް ފައިނޭންސް ޗާޖެއް ނާރާ ގޮތަށް ބަހާލެވޭނެއެވެ.

މި އިންސްޓޯލްމެންޓް ޕެކޭޖްތައް ނެގޭނީ، އެއާބްލޭޑް 160 ސްޕެޝަލް އެޑިޝަން، އެއާ ބްލޭޑް 125 ބްލެކް އެޑިޝަން އަދި ވިޝަން 110 ނަންގަވާ ފަރާތްތަކަށް ކަމަށް ޝީޝާއިން ވަނީ ހާމަކޮށްފައެވެ.

ޝީޝާއިން އިންސްޓޯލްމެންޓް ހާއްސަ ޕެކޭޖްތަކެއް ތަޢާރަފްކޮށްފައިވާއިރު، މޯލްޑިވްސް އިސްލާމިކް ބޭންކުގެ އުޖާލާ ފައިނޭންސިންގް މެދުވެރިކޮށްވެސް ސައިކަލެއް ނަގާލެވޭލެނެ ކަމަށް ޝީޝާއިން ބުނެއެވެ. މިއާއެކު ހުރިހާ މޮޑެލްއެއްގެ ސައިކަލުތައްވެސް ރޯދަ އާއި ދިމާކޮށް ސްޓޮކް ހުރިކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ޝީޝާއަކީ ރާއްޖޭގައި ހޮންޑާ ބްރޭންޑުގެ ސައިކަލު އަދި ޕަވާރ ޕްރޮޑަކްޓް އެތެރެކޮށް ވިއްކާ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އެވެ. އެކުންފުނިން ރާއްޖެއަށް ހުރިހާ ސައިކަލެއްވެސް އެތެރެކުރަނީ ސީދާ ހޮންޑާ ފެކްޓަރީންނެވެ. މި ހުރިހާ ޕްރޮޑަކްޓެއްވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމް ކޮށްފައިވާ ޝީޝާގެ އައުޓްލެޓްތަކުން ލިބިވަޑައިގަންނަވާނެ ކަމަށް ޝީޝާއިން ބުނެއެވެ.