Last Updated: May 21, 11:44
Tuesday, May 21, 2024
ޚަބަރު

އެމްޕީއެލްގެ މަސައްކަތް ހަލުވި ކުރަން އިތުރު ފޯކް-ލިފްޓްތަކެއް

ރޯދަ މަހާއި ދިމާކޮށް މާލެ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ހަރުދަނާ ކުރުމަށް ފަސް ފޯކް ލިފްޓް އެކުންފުނީގެ އޮޕަރޭޝަނަށް އިތުރު ކޮށްފިއެވެ.

މި އަހަރުގެ ރަމަޟާން މަހު މުދާ ކްލިއަރކުރުމުގެ މަސައްކަތްތައް އަވަސްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ޕޯޓްސް ކުންފުނިން މިހާރު ވަނީ 5 ފޯކް ލިފްޓް ކުންފުނީގެ އޮޕަރޭޝަންސްއަށް އިތުރުކޮށްފައެވެ. މި ކުންފުނިން ގެނައީ މިއީ ހެލި ބްރޭންޑުގެ 3.5 ޓަން ފޯކް ލިފްޓުތަކެއް ކަމަށް އެމްޕީއެލްއިން ބުނެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީވެސް މާލޭ ވިޔަފާރި ބަނދަރުން އެތެރެކުރާ މުދަލުގެ އަދަދު އިތުރުވާ ދުވަސްވަރެކެވެ. ވަކިން ހާއްސަކޮށް ޕެރިޝަބަލްސް (އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި) އެތެރެކުރާ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެއެވެ.

މިކަކަމަށް ކޮންމެ އަހަރަކުވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ދުރާލާ ތައްޔާރުވެއެވެ. ކާބޯތަކެތީގެ ބާވަތްތައް އަވަހަށް ކްލިއަރކޮށް، ވިޔަފާރީވެރިންނަށް ވީހާވެސް ލުއި ފަސޭހަގޮތްތަކެއް ހަމަޖެއްސުމަށް ކޮންމެ ރަމަޟާން މަހަކުވެސް މި ކުންފުނީގެ އޮޕަރޭޝަންސްތަކަށް ބަދަލުތަކެއް ގެނެއެވެ.

މި އަހަރުގެ ރަމަޟާން މަހު މުދާ ކްލިއަރކުރުމުގެ އޮޕަރޭޝަންސް އިތުރަށް ހަރުދަނާކުރުމަށް އިތުރު މަސައްކަތައްވެސް އެމްޕީއެލްއިން މިހާރު ކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ.