Last Updated: May 17, 18:06
Friday, May 17, 2024
ޚަބަރު

ފޭދޫ ގޯތިތަކުގެ ގުރުލުން އާދީއްތަ ދުވަހު

ފޭދޫގެ މަންޒަރެއް މަތިން ފެންނަ ގޮތް. ފޮޓޯ/ އަހުމަދު ފާރިސް

އައްޑޫސިޓީ ފޭދޫއިން ދޫކުރާ ގޯތިތަކަށް ކުރިމަތި ފަރާތްތަކުގެ މެދުގައި އާދީއްތަ ދުވަހު ގުރުލުން ކުރިއަށް ދާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލުން މިކަމާއި ގުޅިގެން ކުރި އިއުލާނެއްގައި ބުނީ، މިހާރު އާންމުކޮށްފައިވާ ފޭދޫއިން ގޯތި ލިބޭ މީހުންގެ ދައިމީ ލިސްޓުގެ ކެޓަގަރީ އޭ އަދި ކެޓަގަރީ ބީ އަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ދޭނެ ގޯތި ކަނޑައެޅުމަށް ގުރުއަތު ނެގުން 18 ފެބްރުއަރީވާ އާދިއްތަ ދުވަހު، މެނދުރުފަހު 2:30 އިން ފެށިގެން ފޭދޫ ސްކޫލު ހޯލުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

މި ބުރުގައި ގުރުއަތުލާނީ، ލިސްޓުގައި އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ މެދުގައެވެ.

* ކެޓެގަރީ ގެ ޝުމާރު ނަންބަރު 01 ން 270 އަށް
* ކެޓެގަރީ Bގެ ޝުމާރު ނަންބަރު 01 ން 30 އަށް

ފޭދޫއިން ފުރަތަމަ ދޫކުރަން އިއުލާން ކުރީ މި 300 ގޯތިއެވެ. އެއީ ކެޓަގަރީ އޭ އިން 270 ގޯތި އަދި ކެގަރީ ބީ އިން 30 ގޯތިއެވެ. ނަމަވެސް ޝަރުތުހަމަވާ އެންމެންނަށް ގޯތި ދޭން އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. މިއާއެކު ފޭދޫ ލިސްޓުގައި ބާކީ ތިބި ފަރާތްތަކުގެ މެދުގައި ގުރުުއަތު ލާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

ގުރުއަތުނެގުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު އެކު ވަޑައިގަތުމަށް ކައުންސިލުން އިރުޝާދު ދެއެވެ. އަދި ވަޑައިގެންނެވުމަށް އުޒުރުވެރިފާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުއްވާނަމަ ސަބަބު ބަޔާންކޮށް ސިޓީއަކާއިއެކު އައިޑީކާޑު ކޮޕީ، އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑު ގެނައުމަށް ވަނީ އިރުޝާދު ދީފައެވެ.