Last Updated: July 22, 09:42
Wednesday, July 22, 2026
ޚަބަރު

ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ހިންގަން ހުޅުމާލެއިން ޔުނިޓެއް

ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ހިންގަން ކޮމާޝަލް ޔުނިޓެއް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އިން އެ މަރުކަޒާއި ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރެޝަނުގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދުއެވެ. އަދި ގުރުއާނާއި ބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އިމާމް އަބްދުލް ޖަލީލް އިސްމާއިލް އެވެ. މިތަން 5 އަހަރުގެ މުއްދަތައް އެއްވެސް ފީއެއް ނުނަގާ ދިނުމަށް ވަނީ ނިންމާފައެވެ.


ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުމާލޭގައި ޤާއިމް ކުރުމަށް ފަސް އަހަރުގެ މުއްދަތަށް ކޮމާޝަލް ޔުނިޓް ދެނީ އެޗްޑީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކަމުން ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުމާލޭގައި ހުޅުވުމުގެ މަސައްކަތް ފަށާފައިވާއިރު، ދީނީ ތަޢުލީމު ދިނުމަށް ހުޅުމާލޭގައި ސްކޫލެއް ބިނާ ކުރުމަށް އެޗްޑީސީން ވަނީ ކުންފުންޏާކައި ހަވާލުކޮށްފައެވެ.