Last Updated: July 27, 09:53
Saturday, July 27, 2024
މުނިފޫހިފިލުވުން

އީޝާ ސިޔާސީ ދާއިރާ އިން ފެނިދާނެ: ހެމާ

ދެ ކުދިން ލިބިފައި ވަނިކޮށް އަލަތު ކައިވެނި ރޫޅައިލަން ނިންމި ބޮލީވުޑްގެ ކުރީގެ ބަތަލާ އީޝާ ޑިއޯލް ސިޔާސީ ދާއިރާ އަށް ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އޭނަ އެ ދާއިރާ އިން ފެނިދާނެ ކަމަށް މަންމަ ހެމާ މާލިނީ ބުނެފި އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަލީހުގެ ތިރިގެ، ލޯކް ސަބާގެ މެންބަރެއްގެ ގޮތުގައި ހުރި ހެމާ މީޑިއާތަކަށް ބުނީ ކައިރި މުސްތަގުބަލެއްގައި ދަރިފުޅު ސިޔާސީ ދާއިރާ ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

"އޭނަ ވަރަށް ބޮޑު ޝައުގުވެރި ކަމެއް ދޭ ސިޔާސީ ދާއިރާ އަށް. އެހެންވީމާ ފެނުމުގެ ފުރުސަތު ވަރަށް ބޮޑު." ހެމާ ބުންޏެވެ.

އޭނަ ބުނީ އީޝާ ސިޔާސީ ދާއިރާ އަށް ވަންނަން ނިންމާ ހިސާބުން ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދޭނެ ކަމަށެވެ. އީޝާ އަކީ ހެމާ އާއި އެކްޓަރު ދަރުމެންދުރާގެ ދޮށީ ދަރިފުޅެވެ.

ދަރޭ އަކީ އަކީ ވެސް ކުރިން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ތަރިއެކެވެ. އަދި އީޝާގެ އެއްބަފާބޭބެ ސަނީ އަކީ 2019 އިން ފެށިގެން ލޯކް ސަބާގެ މެންބަރެކެވެ.

އީޝާ އާއި ވިޔަފާވެރިޔާ ބާރަތު ތަހްތާނީ 2012 ގައި ކުރި ކައިވެނި ދެ އަންހެން ކުދިން ލިބިފައި ވަނިކޮށް ރޫޅައިލަން ނިންމިކަން އިއުލާންކޮށްފައި ވަނީ މި މަހުގެ ކުރީކޮޅު އެވެ. އީޝާ އަކީ ބޮލީވުޑަށް ނުކުމެ، އެ ދާއިރާ އިން ކުރިއަށް ދާނެ ރަނގަޅު ފުރުސަތުތަކެއް ނުލިބި، ގެއްލުނު ބަތަލާއެކެވެ.