Last Updated: May 21, 08:26
Tuesday, May 21, 2024
ޚަބަރު

މި އަހަރުގެ އިޙުޔާ ފޯރަމަށް ދޮޅު ލައްކަ ރުފިޔާގެ އިނާމު

އިސްލާމިކް މިނިސްޓްރީ އާއި އެމްއެސްޕީ ދެމެދު އެއްބަސްވުމުގައި ސޮއިކުރަނީ / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއަހަރު ރަމަޟާން މަހުގެ އިޙްޔާ ފޯރަމްތަކުގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފިއެވެ.

މިއާއެކު މިކަމާއި ގުޅޭ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީއާއި އެމްއެސްޕީ ދެމެދު ވަނީ ސޮއިކޮށްފައެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާރޒް ޑރ. މުހައްމަދު ޝުޖާއު އަބްދުލް ހަކީމްއެވެ. އެމްއެސްޕީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ކުންފުނީގެ އެމްޑީ އިބްރާހިމް ރަފީޤްއެވެ.

އިޙްޔާ ފޯރަމްއަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހެއްގައިވެސް ބާއްވަމުން އަންނަ ފޯރަމެއް ނަމަވެސް މިފަހަރު މޮފޯރަމްގެ ކަންކަން އިތުރަށް ފުރިހަމަކުރުމަށް އިސްލާމިކް މިނިސްޓްރީން ދަނީ ދުރާލާ ތައްޔާރުވަމުންނެވެ. އެގޮތުން މިއަހަރު ވަނީ ޖުމްލަ 155،000 ރުފިޔާގެ އިނާމް އެމްއެސްޕީގެ ފަރާތުން ސްޕޮންސަރ ކުރުމަށް ނިންމައިފައެވެ.

ކޮންމެ އަހަރުކަވެސް ރޯދަ މަހުގެ ރޭތަށް އިޙްޔާ ކުރުމަށް ފޯރަމްތަށް ބާއްވަ އެވެ. ނަމަވެސް މިފަހަކަށް އައިސް ފޯރަމްތަށް ބޭއްވުން ފުޅާ ކުރެވި މާލެއިން ބޭރުގައި ވެސް ފޯރަމްތަށް ދަނީ ބާއްވަމުންނެވެ. މިގޮތުން ބޭއްވޭ ފޯރަމްތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެއެވެ.