Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

އަސްލަމް އަޒަރުބައިޖާނަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަޒަރުބައިޖާނަށް ފުރާވަޑައިގެންފި އެވެ.

އަސްލަމް އަޒަރުބައިޖާނަށް ފުރާވަޑައިގެންނެވީ 14 ވަނަ އޭޝިއަން ޕާލަމެންޓަރީ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށްޓަކަ އެވެ. މި ދަތުރުފުޅުގައި އަސްލަމްއާ އެކު އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް މަޖިލީހުގެ އިދާރާ އިން ހާމަކޮށްފައެއް ނުވެ އެވެ.

އަސްލަމް ވަނީ ކޮމަންވެލްތްގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 27 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ޔޫގެންޑާ އަށް ދަތުރުފުޅެއް ވެސް ކުރައްވާފަ އެވެ.