Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

މަރަދޫގައި ހުރި ބައު ކާރުތަކެއްގައި ރޯވެއްޖެ

އައްޑޫ މަރަދޫގައި ހުރި ބައު ކާރުތަކެއްގައި ރޯވެ އެއްކޮށް އަނދައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ އަވަށު މަރަދޫ ބާގާ ޝައިން ކުރިމަތީ ބައުވެ، ހަލާކުވެފައި ހުރި ކާރުތަކެއްގައި އިއްޔެ ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ. އެ
ހާދިސާގެ ރިޕޯޓް ލިބުނީ އިއްޔެ މެންދުރު 11:13 ހާއިރު އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.