Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

ހަނިމާދޫ އެއާޕޯޓްގެ އާ އޭޕްރަން ބޭނުން ކުރަން ފަށައިފި

ރާއްޖޭގެ އެންމެ ދުވަސްވީ އެއާޕޯޓްތަކުގެ ތެރޭގައި ހިމެނޭ ހދ. ހަނިމާދޫ އެއާޕޯޓުގެ އަާ އޭޕްރަންގެ މަސައްކަތް ނިންމައި، އެ ތަން ރަސްމީކޮށް ބޭނުން ކުރަން ފަށައިފި އެވެ.

އޭޕްރަން ރަސްމީކޮށް ބޭނުންކުރަން ފެށީ އާދީއްތަ ދުވަހު ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ބުންޏެވެ. މި އޭޕްރަންއަކީ 38،000 އަކަމީޓަރުގެ ޖާގައިގެ އޭޕްރަންއެކެވެ. މިއީ ޖެޓްތަކައް ވެސް ޕާކުކުރެވޭ ގޮތަށް އޮރް އޭޕްރަންއެކެވެ. އެގޮތުން އެއްފަހަރާ ހަ ޖެޓު ޕާކު ކުރެވޭނެ އެވެ.

އޭޕްރަން އާކޮށް، ޖާގަ ބޮޑުކޮށް ބޭނުން ކުރަން މި ފެށީ ހަނިމާދޫ ތަރައްގީ ކުރުމަށް ހިންގަމުން އަންނަ މަޝްރޫއުގެ ތެރެއިންނެވެ. އެގޮތުން އެ އެއާޕޯޓުގެ އައު ރަންވޭގެ 1200 މީޓަރު ނިންމައި، އެ ބައި ވެސް ވަނީ ބޭނުންކުރަން ފަށައިފަ އެވެ. އާރްއޭސީއެލުން ބުނީ އަންނަ މަސް ނިމޭ ހިސާބުގައި މުޅި ޖުމްލަ 2.4 ކިލޯމީޓަރު ނުވަތަ 2،460 މީޓަރުގެ ބޮޑު ރަންވޭ، އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓް ބައިނަލްއަގުވާމީ އެއާޕޯޓަކަށް ބަދަލުކޮށްފައިވަނީ ފެބްރުއަރީ 2، 2012 ގަ އެވެ. މި އެއާޕޯޓް ހުޅުވީ 1986 ގަ އެވެ.