ރައީސް ޑރ. މުހައްމަދު މުއިއްޒު ގދ. ފަރެސްމާތޮޑާއަށް ވަޑައިގެންފިއެވެ.
ރައީސް މުއިއްޒު ދެކުނުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފަރެސްމާތޮޑާއަށް ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ދެކުނުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ އައްޑޫސިޓީ އަދި ފުވައްމުލައްސިޓީއަށް ވަޑަައިގެންފައެވެ. އަދި އެ ރަށްތަކުގައި ރައްޔިތުންނާ ބައްދަލުކުރައްވާ ކައުންސިލްއާ ބައްދަލުކުރައްވާފައިވެއެވެ.
ގއ. އަދި ގދ. ގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންވެސް އެ ރަށްރަށުގެ ރައްޔިތުންނާ އަދި ކައުންސިލްތަކާ ބައްދަލުކުރައްވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ގދ.ގެ ރަށްތަކުގެ ތެރެއިން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ފަރެސްމާތޮޑާ، މަޑަވެލި، ތިނަދޫ، ގައްދު އަދި ފިޔޯރިއަށެވެ. އަދި ގއ.ގެ ރަށްތަކުގެ ތެރެއިން ރައީސް މުއިއްޒު ވަޑައިގަންނަވާނީ ވިލިނގިލި، ކޮނޑޭ، ގެމަނަފުށި، ކޮލަމާފުށި، އަދި ދާންދުއަށެވެ.