Last Updated: July 27, 14:13
Saturday, July 27, 2024
ޚަބަރު

އެމްޑީޕީގެ ރައީސްކަން ޝާހިދަށް

އަބްދުالله ޝާހިދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ކަން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ލިބިއްޖެއެވެ.

އެމްޑީޕީން އެޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ 13 ފެބްރުއަރީ ވަނަ ދުވަހުއެވެ. އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު މެންދުރު 14:00 އާއި ހަމައަށެވެ.

އެމްޑީޕީން މިއަދު ބުނެފައިވަނީ މިޕާޓީގެ ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި އެ މަގާމަށް ކުރިމަތިލާފައިވަނީ އަބްދުﷲ ޝާހިދު އެކަނި ކަމަށެވެ.

އެހެންކަމުން ޝާހިދަށް ވަނީ އިންތިހާބަކާ ނުލާ އެމްޑީޕީގެ ރައީސްގެ މަގާމު ލިބިފައެވެ. އަދި އެމްޑީޕީން މިއަދު ވަނީ އެކަން އިއުލާނުވެސް ކޮށްފައެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެފަހުން އެމްޑީޕީގެ ރައީސްގެ މަގާމުގައި ވަގުތީ ގޮތުން ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.