Last Updated: July 27, 06:33
Saturday, July 27, 2024
މުނިފޫހިފިލުވުން

އެކްޓަރު ރިތޫރާޖް މަރުވެއްޖެ

ވަރަށް ގިނަ ޓީވީ ސިލްސިލާތަކާއި ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ އިންޑިއާގެ އެކްޓަރު ރިތޫރާޖް ސިންގް މިއަދު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އުމުރުން 59 އަހަރުގެ އެކްޓަރު މަރުވީ ބަނޑުގެ ސިއްހީ މައްސަލައެއްގައި ކުއްލިއަކަށް ހާލު ސީރިއަސްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ. ރިތޫރާޖްގެ މަރާ ގުޅިގެން ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

ވަރަށް ހުނަރުވެރި އެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ރިތޫރާޖް ކުޅުނު ފިލްމުތަކުގެ ތެރޭގައި ވަރޫން ދަވަންގެ "ބަދުރީނާތު ކީ ދުލްހަނިޔާ" އާއި ޖޯން އަބްރަހަމްގެ "ސަތިއަމޭވް ޖަޔަތޭ" ގެ އިތުރުން ދިވްޔާ ކޯސްލާ ކުމާރުގެ "ޔާރިޔާން 2" ހިމެނެ އެވެ.

ރިތޫރާޖް އެންމެ ފަހުން ފެނިފައި ވަނީ ޑައިރެކްޓަރު ރޯހިތު ޝެޓީ މިދިޔަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެނެސްދިން ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" އިންނެވެ.

އޭނަ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "އަނޫޕަމާ"، "ގަރް އޭކް މަންދިރު"، "ކިޓީ ޕާޓީ"، "ކުތުމް"، "ސީއައިޑީ"، "ކަހާނީ ގަރް ގަރް ކީ"، "ދިޔާ އޯރް ބާތީ ހަމް"، "ބޭއިންތިހާ" އަދި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ފަދަ އެތައް ސިލްސިލާއެއް ހިމެނެ އެވެ.