Last Updated: July 27, 09:39
Saturday, July 27, 2024
ޚަބަރު

އެމްޑީޕީ ދެން ކުރިއަށް ގެންދާނީ އާ ބާރެއްގައި

އަބްދުﷲ ޝާހިދު

އެމްޑީޕީ ކުރިއަށް ގެންދާނީ އާ ބާރެއްގައި ކަމަށް އެ ޕާޓީގެ އާ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހުސްވެފައިވާ ޕާޓީގެ ރައީސްގެ މަގާމު ޝާހިދަށް މިއަދު ލިބިވަޑައިގެންނެވީ އެ މަގާމަށް އިތުރު އެހެން އެއްވެސް ބޭފުޅަކު ކުރިމަތިނުލުމުންނެވެ.

އެމްޑީޕީގެ ރައީސްކަމަށް އިންތިހާބުވުމާ ގުޅިގެން ޝާހިދު ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމުގެ ޒިންމާއާ ހަވާލު ވަނީ ޕާޓީގެ މެމްބަރުންގެ ފުރިހަމަ އިތުބާރާ އެކު އާބާރެއްގައި ޕާޓީ ކުރިއަށް ގެންދަން ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އުންމީދުތަކަށް އެމްޑީޕީ ކާމިޔާބު ހޯދާނެ،" ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެފަހުން އެމްޑީޕީގެ ރައީސްގެ މަގާމުގައި ވަގުތީ ގޮތުން ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.