Last Updated: July 27, 10:50
Saturday, July 27, 2024
ދުނިޔެ

ޕުޓިންގެ ފަރާތުން ހަދިޔާއަކަށް ކާރެއް

ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ހަދިޔާއެއްގެ ގޮތުގައި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުން އަށް ލަގްޒަރީ ކާރެއް ހަދިޔާކުރައްވައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އާދީއްތަ ދުވަހު ހަދިޔާކުރެއްވީ އޯރަސް މަރުކާގެ ކާރެކެވެ. ކަމަށެވެ. ކާރަކީ ރަޝިއާގައި އުފައްދާފައިވާ އެއްޗެވެ.

މިކަން ކަށަވަރުކޮށް ދެމުން އެ ގައުމުގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯޒް ވިދާޅުވީ އުތުރު ކޮރެއާގެ ލީޑަރަށް ޕުޓިން ހަދިޔާކުރެއްވީ ސީދާ ޕުޓިން ވެސް ބޭނުންކުރައްވާ ޒާތުގެ ކާރެއް ކަމަށެވެ. އަދި މި ހަދިޔާ އަކީ ދެ ލީޑަރުންގެ މެދުގައި އޮތް ގާތް އެކުވެރިކަމުގެ ގުޅުމުގެ ތެރެއިން ހަދިޔާކުރެއްވި އެއްޗެއް ކަމަށް ވިދާޅުވި އެވެ.

ދެހާސް ބާވީހުގައި ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ރަޝިއާ އަށް އެންމެ ބޮޑަށް ވާގިދޭ އެއް ބައިވެރިއަކީ އުތުރު ކޮރެއާ އެވެ. މީގެ ސަބަބުން ޕުޓިން އާއި ކިމްއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.