Last Updated: July 27, 10:50
Saturday, July 27, 2024
މުނިފޫހިފިލުވުން

ދީޕިކާ އިނީ ބަލިވެ؟

އިންޑިއާގެ މަޝްހޫރު ބަތަލާ ދީޕިލާ ޕަދްކޯން މިހާރު އިނީ އަލަތު ދަރިފުޅަށް ބަލިވެކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ވާހަކަ މީޑިއާތަކުގައި މިހާރު ވަފަށް ހޫނުކޮށް ދެކެވެމުން ދިޔަ ނަމަވެސް މިކަމާ ބެހޭ ގޮތުން ކާމިޔާބު ބަތަލާ އާއި އޭނަގެ ފިރިމީހާ ރަންވީރު ސިންގް އަދި ވަކި އެއްޗެއް ބުނެފަ އެވެ. މިއީ ދީޕިކާ ބަލިވެއިން ކަމަށް ބުނާ އަޑުތަކެއް ފެތުރު ފުރަތަމަ ފަހަރެވެ. ފާހަަކޮށްކެވޭ ކަމަކީ މި ދެ ތަރިން 2018 ގައި ކައިވެނިކުރި ފަހުން އެންމެ ގިނައިން ކުރެވޭ ސުވާލަކީ ދަރިއަކު ހޯދުމާ ބެހޭ ގޮތުން ކުރެވޭ ސުވާލެވެ.

އެގޮތުން ވަރަށް ގިނަ އިންޓަވިއުތަކުގައި ދީޕިކާ އާއި ރަންވީރު ވަނީ އެ މީހުން ތައްޔާރުވި އިރަކުން ދަރިއަކު ހޯދާނެ ކަމަށާއި ދެ މީހުން ވެސް ކުދިން ދެކެ ވަރަށް ލޯބިވާ ކަމަށް ބުނެފައިވެ އެވެ.

ދީޕިކާ އާއި ރަންވީރަކީ މިހާރު ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ތަރިންގެ ތެރޭގައި ހިމެނޭޑ ޑިމާންޑް، މަސައްކަތުގައި ވަރަށް ބިޒީ ދެ ތަރިންނެވެ. މިދިޔަ މަހު ރިލީޒްކުރި "ފައިޓާ' ގެ ބަތަލާ ދީޕިކާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަޖޭ ދޭވްގަންގެ "ސިންގަމް އެގެއިން" ޕްރަބާސްއާ އެކީ ކުޅެފައިވާ "ކަލްކީ" ހިމެނެ އެވެ.

މިދިޔަ އަހަރު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިން ފެނިގެން ދ ިޔަ ރަންވީރްގެ ކުރިއަށް އޮތް ފިލްމަކީ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ "ޑޮން 3" އެވެ.

ދީޕިކާ އާއި ރަންވީރު އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "83"، "ޕަދުމާވަތު"، "ބަޖިރާއޯ މަސްތާނީ" އަދި "ރާމް-ލީލާ" ހިމެނެ އެވެ.